English Edition
Dhivehi Edition
މާލެއިން ރޭންޑަމް ސާމްޕަލް ނެގުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ 57 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ. މިއީ ދިވެހިރާއްޖެއިން މި ބަލީގައި ނިޔާވި 42 ވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއަދު 14:24 ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

ރާއްޖޭގައި މިހާތަނަށް މިބަލީގައި 34 ދިވެހިންނާއި 8 ބިދޭސީން ނިޔާވެފައިވާއިރު އެންމެ ފަހުން މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެެވެ.

ރާއްޖެއިން މިހާތަނަށް 12،112 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 11،244 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގައި މިބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 820 މީހެކެވެ. ބަލި ޖެހިފައިވާ މީހުން ތިބީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 9 ރަށަކާއި، 25 ރިސޯޓެއްގައެވެ. އޭގެ ތެރޭގައި 55 ފަތުރުވެރިންނާއި 133 ރިސޯޓު މުވައްޒަފުން ހިމެނެއެވެ.