English Edition
Dhivehi Edition
ރައީސް ނަޝީދު

ރާއްޖޭގެ ކޮންމެ ރަށެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ކޮންމެ ރައްޔިތަކު ބޭނުންވެއްޖެނަމަ ލިބޭނީ ދެ މީދާ ފެހި ބުޅަލަށް ވާ ވަރުކަމަށާއި އޭރުން ދާނީ އެކައްޗެއްވެސް ނުލިބި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ

ރާއްޖޭގެ 53 ވަނަ ޖުމުހޫރީ ދުވަހާ ގުޅުވައިގެން ދެއްވެވި ޚިތާބުގައި ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ގދ. ފަރެސްމާތޮޑާގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމާ ދެކޮޅަށް ކުރީގެ ބްރިގޭޑިއަރ އިބްރާހިމް ދީދީ ވާހަކަ ދައްކަވާފައިވަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ތަރައްގީ ބިނާވާން ޖެހޭނީ ދެކުނުގެ 4 އަތޮޅު ގުޅިގެން ދާ ގޮތަށް ކަމަށާއި ރާއްޖެއަކީ ޖަޒީރާ ގައުމެއްކަމަށެވެ.

“ކޮންމެ ރަށަކީ ގައުމެއް ނޫން . ސަރަހައްދީ ތަރައްގީގެ ވިސްނުމެއް އަޅުގަނޑުމެން ގެންގުޅެން ޖެހޭނީ. ކޮންމެ ރަށެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ކޮންމެ ރައްޔިތަކު ބޭނުންވެއްޖެނަމަ ލިބޭނީ ހަމަ ދެ މީދާ ފެހި ބުޅަލަށް ވާ ވަރު. އެކައްޗެއްވެސް މުޅިން ރަނގަޅަށް ނުލިބި އަޅުގަނޑުމެންނަށް ދާނީ” ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިއީ ދެކުނުގެ 4 އަތޮޅުގެ ވެރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ވިސްނުމެއްކަމަށާއި އެ އެއްމޭޒު ދޮށެއްގައި ތިބެ އެބޭފުޅުންގެ ޖޯގްރަފީ ސަރަހައްދަށް ވިސްނަވާފައި ތަރައްގީގެ އޮނިގަނޑެއް ރާނަން ޖެހޭ ކަމަށެވެ.

“މަޖިލިހުގައި ވެސް އަދި ކައުންސިލްގައި ވެސް ތިބީ އެމްޑީޕީ މެމްބަރުން އަޅުގަނޑުމެންނަކީ އެއްފިކުރެއްގެ ބައެއް ތިބޭފުޅުން ނަށް ނިންމެވެން ޖެހޭނެ ތިބޭފުޅުންގެ ސަރަހައްދުގައި އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓް އޮންނާނީ ކޮންތާކުތޯ ތިބޭފުޅުންނަށް ނިންމެވެން ޖެހޭނެ ތިބޭފުޅުންގެ ސަރަހައްދުގައި އެންމެ ބޮޑު ބައިނަލް އަގުވާމީ ބަނދަރު އޮންނާނީ ކޮންތާކުތޯ. ކޮންމެ ރަށެއްގެ ބޭރުގައި ބައިނަލް އަގުވާމީ ބަނދަރެއް ނަހައްދަވަން ނޫޅުއްވާނެ ކަމަށް ގަބޫލު ކުރެވެނީ. އައްޑޫ ހުވަދޫ އަދި ފުވައްމުލަކުގެ ރައްޔިތުންގެ ގާބިލްކަން އެބަހުރި. ތިބޭފުޅުންގެ ރައްޔިތުންގެ އާންމު ހާލަތު ތިބޭފުޅުންނަށް ކޮށްދެވޭނެ. ކޮންމެ އަތޮޅެެއްގަ ރަށެއްގަ ބައިނަލްއަގުވާމީ އެއާޕޯޓް އާއި ޕޯޓު އަޅަން ޑިމާންޑްކޮށްގެން އެ ތަރައްގީ ނުލިބިދާނެ” ނަޝީދު ވިދާޅުވިއެވެ.

ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓްއެއް ހެދުމަށް ހިމެނިގެން ދިއުމަކީ އޭގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއަރޕޯޓް ހިނގައި ނުގަންނަނީސް އައްޑޫގެ އިޤްތިޞާދު އިންދަޖެހިދާނެ ކަމެއް ކަމަށެވެ.

ގދ. ފަރެސްމާތޮޑާގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް އިއުލާން ކުރުމާއި ގުޅިގެން ޑީޑީ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހުވަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓްއެއް ހެދުމަށް ހިމެނިގެން ދިއުމަކީ އޭގެ ސަބަބުން އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ހިނގައި ނުގަންނަނީސް އައްޑޫގެ އިޤްތިޞާދު އިންދަޖެހިދާނެ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ދެކުނުގެ ގިނަ ބައެއްގެ ފާޑުކިޔުން ޑީޑީގެ ވާހަކަ އަށް އަމާޒުވެފައިވާ އިރު ގިނަ ބަޔަކު ބުނަމުން ދަނީ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަކުން އައްޑޫގެ ރައްޔިތުން ހާސްވާން ނުޖެހޭ ކަމަށާއި އައްޑޫ ސިޓީ ކުރިއަރަން ވަނީ ސައިންޓިފިކް އުސޫލުން ބަވަނަ ވެފައިވާ ދުނިޔެއެއްގެ ހަމަތަކާއި އެއްގޮތަށް އިޖާބަދީގެން ވާދަވެރިކަމުގެ އުސޫލާ އެއްގޮތަށް ކަމަށެވެ. އަދި ހުވަދު އަތޮޅުގެ ތަރައްގީއަށް މަރުހަބާ ކިޔަމުން އެންމެން ގުޅިގެން ތަރައްގީ ކުރެވޭނެ ސިޔާސަތު ކުރިއެރުވުން މާ މަސްލަހަތު ބޮޑުވާނެ ކަމަށެވެ.