English Edition
Dhivehi Edition

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ޔުނައިޓެޑް ސުވަދީވް ރިޕްބްލިކް (އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ)ގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ހިތްހަމަނުޖެހުން ފާޅުކުރައްވަވައި އެ ވާހަކަ ތަކަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ޓްވިޓާ އެކައުންޓް ޓެގް ކުރުމަށްފަހު މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޤައުމީ ބިމުގެ ވަޙްދަތަކީ ޤައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް. ވީމާ ޤައުމީ ބިން ފޮތިފޮތިވާފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވާދީބު ޖުމްހޫރިއްޔާގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަކީ ވަކިތަނެއްގައި ކުރެވޭ ވެރިކަމެއްކަމަށް ދެކޭ ދެކުން މުތާލިޔާ ކުރަން ޖެހޭ ކަމަށެވެ.

“1959 އިން 1963 އާއި ހަމަ އަށް ހިނގި ސުވަދީވް ރިޕަބްލިކަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި މަޖިލީހެއް އެކުލަވާލި ވެރިކަން. ޔުނައިޓެޑް ސުވަދީވްގެ ވެރިކަމަކީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް. އެހެންނަމަވެސް ތަރައްޤީގެ ގިނަ ކަންތައްތަކެއް ފެށިގެން އައީ އެ ވެރިކަމުގައި” ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ވިސްނުންވެސް އެ ވެރިކަމުގައި ގެންގުޅުނު ކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެ ވެރިކަމަކީ ދިވެހިންގެ އެތެއް ބަޔަކު ބޭނުންވެގެން ހިންގި ދިވެހިންގެ ވެރިކަމެއްކަމަށެވެ.

އައްޑޫ އަތޮޅުގައި ޔުނައިޓެޑް ސުވަދީވް ރިޕަބްލިކް ކިޔާ ދައުލަތެއް އުފެއްދީ އިނގިރޭސީންގެ އެއްބާރުލުމާއި އެކުގައެވެ. ދެކުނުގެ ރައްޔިތުން އަބަދުވެސް ފަޚުރުވެރިވާ ސުވަދީވް ޖުމްހޫރިއްޔާގެ މޭސްތިރި އަކީ އައްޑުއަތޮޅު ހިތަދު އަށް އުފަން އަލްމަރްޙޫމް އަބްދުﷲ އަފީފްދީދީ އެވެ. ވަކި ދައުލަތެއްގެ ގޮތުގައި ސުވަދީވް ސަރުކާރު އިއުލާން ކުރެވުނީ 1959 ވަނަ އަހަރު ޖެނުއަރީމަހުގެ ތިންވަނަ ދުވަހު ގައެވެ،