އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯނު 12 ޕްރޯ އާއި 12 މިނީ ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ރޭ ހުޅުވައިލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫން ބުނީ މޫލީ މެދުވެރިކޮށް، ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވައިލާނީ ރޭ ދަންވަރު 12:00 އިން ފެށިގެން ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ފޯނުތަކަށް އޯޑަރު ކުރެވޭނެކަމަށާއި ފޯނު ލިބުމުން އެ މީހެއްގެ ރަށަށް ފޯނުތައް ހިލޭ ގެންގޮސްދޭނެ ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.
ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި އެކު، އެޖް-ޓު-އެޖް ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ ހިމަނާފައިވެއެވެ. ހަމައެއާއިއެކު، ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕްއެވެ.
އެޕަލް އިން ވަނީ މިދިޔަ މަހުގެ 13 ގައި އައިފޯނު 12ގެ ހަތަރު މޮޑެލެއްް ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި އައިފޯން 12 އާއި އައިފޯނު 12 މިނީ އާއި އައިފޯނު 12 ޕްރޯ އަދި އަދި އައިފޯނު 12 ޕްރޯ މެކްސް ހިމެނެ އެވެ. ނަމަވެސް އުރީދޫން ޕްރީއޯޑަރަށް ހުޅުވާލައިފައިވަނީ އައިފޯނު 12 އާއި 12 ޕްރޯ އެވެ.
އުރީދޫން ވަނީ މިދިޔަ މަހުގެ ތެރޭގައި އައިފޯނު 12 އާއި އައިފޯނު 12 ޕްރޯ ވެސް ޕްރީއޯޑަރަށް ހުޅުވާލައިފަ އެވެ. ޕްރީއޯޑަރަށް ހުޅުވާލިތާ 24 ގަޑިއިރު ތެރޭގައި ސްޓޮކް ވަނީ ހުސްވެފަ އެވެ.
ނޮވެމްބަރު 13 ވަނަ ދުވަހުން ފެށިގެން މޫލީ މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީ، ޕްރީއޯޑަރ ކުރެވޭނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/app އަށް ޒިޔާރަތް ކުރައްވާށެވެ.