English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ބާއްވަން ނިންމި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

މިއަދު ހެނދުނު 9:00 ވީއިރު ވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން ތަޅުމަށް ވަޑައިނުގަންނަވާތީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާން ކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ފަހު ކެންސަލްކޮށްލާފައިވާއިރު، ފަހަކަށް އައިސް މަޖިލީހުގެ ޖަލްސާގައި ކޯރަމް ހަމަނުވާ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފައިދާ ހުރި އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ ރައްޔިތުންގެ ޝަކުވާތައްވެސް ވަނި އިންތިހާއަށް ގިނަފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެންބަރުންނާ ޑިމޮކްރެޓްސްގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއެކު ބައެއް މެންބަރުން ގަސްތުގައި މަޖިލީސް ކޯރަމް ގެއްލުވާލުމަށް ޖަލްސާތަކުގައި ބައިވެރިނުވާކަމުގެ ތުހުމަތުތައްވެސް ގިނައެވެ.