އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އިންތިހާބުތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައި ވަނީ 62.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން 61 މިލިއަން ރުފިޔާ މަޖިލީސް އިންތިހާބަށް ހާއްސަކޮށްފައިވާއިރު 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށެވެ.
އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އީސީ އިން މިހާރުވެސް ތައްޔާރުވަމުން އަންނައިރު އެ ކޮމިޝަނުން ވަނީ މާރިޗް މަހުގައި އިންތިހާބު ބާއްވާނެކަމަށް ކުރިން ބުނެފައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމަށް 17.2 ބިލިއަން ރުފިޔާ ދަރަންޏަށް ނަގަންޖެހޭއިރު މި އަހަރުގެ ނިޔަލަށް ދިވެހި ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ،