English Edition
Dhivehi Edition

ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ލެވެލްއާ ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއެކު، މެޕްސް ކޮލެޖްގެ ޖެނުއަރީ 2021 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މެޕްސް ކޮލެޖުން މައުލޫމާތުދޭ ގޮތުގައި މިއިންޓޭކްގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލޮޖިސްޓިކްސް ޕްރޮކިއުމަންޓް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށް އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތުލިބިގެންދާއިރު، މިކޯސް ނިންމުމަށްފަހު، ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދެއެވެ. އަދި އޭލެވެލްގެ ދެފާހާއެކު ސީދާ ޑިގްރީ ކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބިދެއެވެ. އޯލެވެލް އަދި އޭލެވެލްއިން ކޯހަށް ވަނުމަށް ބޭނުންވާ ނަތީޖާ ނެތް ފަރާތްތަކަށް، ‘އޯލްޓަނޭޓް އެންޓްރީ’ ނުވަތަ އެބޭފުޅެއްގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާފައިވެސް ކޯސްތަކުން ޖާގަދެވޭނެއެވެ.

Advt

Advertisement

މެޕްސް ކޮލެޖުން ހިންގާ ހުރިހާ ޑިގްރީ ކޯސް ތަކަކީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވާދިނުމަށް ހުޅުވާލާފައިވާ ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެވެ. މިގޮތުން ގިނަ ޑިގްރީ ކޯސްތަކަކީ މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު އޮތް ކޯސްތައް ކަމުގައިވެސް އެކޮލެޖުން ފާހަގަ ކުރެއެވެ. މިހުރިހާ މަޢުލޫމާތެއް މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv ގައި ޝާއިއު ކޮށްފައިވެއެވެ.

ޖެނުއަރީ 2021 އިންޓޭކްގައި މެޕްސް ކޮލެޖުން ހިންގާ އިންޓަރނޭޝަނަލް ކޮލިފިކޭޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭ.ބީ.އީ)، އެކައުންޓިންގ ދާއިރާއިން މުޅި ދުނިޔެ ޤަބޫލްކުރާ އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ޑިގްރީ އާއި މާސްޓަރސް ކޯސްތައް ހިމެނެއެވެ.

މިދުވަސްކޮޅު މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތަކެއްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމަށާއި ކޮވިޑް-19 ގެ ނުރައްކާ އޮތްހާ ދުވަހަކު ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވެސް އެކޮލެޖުން މައުލޫމާތު ދެއެވެ. މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ވަރަށް ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކިޔަވާދެމުން އަންނަ ކޮލެޖެކެވެ.

މެޕްސް ކޮލެޖްގެ ޖެނުއަރީ 2021 އިންޓޭކް ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 10 ޖެނުއަރީ 2021 ގެނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އަދި ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕްލައި ކުރުމަށް މެޕްސް ކޮލެޖުން އިރުޝާދު ދެއެވެ.