English Edition
Dhivehi Edition

ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓެރެލޮޖިކަލް ސެންޓަރުން ރީނދޫ ސަމާލު ނެރެފައިވަނީ ލ. އަތޮޅުން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 10:30 އިން 14:30 އާއި ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު މީގެ ކުރިންވެސް ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް އަދި ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް މިއަދު 06:00 އިން ފެށިގެން 10:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރިގޮތުގައި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ދަރަޖަކޮށްފައިވަނީ ވައިޓް، ޔެލޯ، އޮރެންޖް އަދި ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓުގެ ގޮތުގަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން މިދާ ވިއްސާރައިގައި ކުރިޔަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.