ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ދަރަނީގެ ރޭޓިން “ސީސީސީ” ރޭޓިން އަށް ދަށްކުރުމުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފް ބޮޑުވެގެންދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބޭ ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ރާއްޖޭގެ ރޭޓިން “ބީ” އިން “ސީސީސީ” އަށް ވަނީ ދަށްކޮށްފައެވެ. ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިންގްސް އިން ބުނީ ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ގެއްލުންވެ، ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ވާނެކަމަށާއި މި އަހަރު ރާއްޖޭގެ އިގްތިސޯދު ހުންނާނީ މައިނަސް ފަސް ޕަސެންޓުގައި ކަމަށެވެ. އަދި އުފެއްދުންތެރިކަން ދަށްވެގެން ދާނެ ކަން ފާހަގަކޮށް ފިޗުންވަނީ ކްރެޑިޓް ރޭޓިން “ބީ” އަށް ދަށްކޮށް “ނެގެޓިވް” އައުޓްލުކަށް ބަދަލު ކޮށްފައިވެ އެވެ.
ދަރަނީގެ ރޭޓިން “ސީސީސީ” ރޭޓިން އަށް ދަށްކުރުމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނެ އެމްޑީޕީން މިވަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާން ޖެހުން ސިސްޓަމަކަށް ހަދާފައިކަމަށެވެ. “ފިޗުން ކްރެޑިޓް ރޭޓިން ދަށް ކުރުމުން ރައްޔިތުންނަށް ތަކުލީފް ބޮޑުވާނެ. އެތައް ޖީލަކަށަ އިޤްތިޞާދު ފުނޑުފުނޑުވެގެން އެ ދިޔައީ!” ޑރ. ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި އެމްޑީޕީން މިވަނީ ޤަޢުމްގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދާފައި. ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކްލީފް ބޮޑުވާނެ! އެތައް ޖީލަކަށަ އިޤްތިޞާދު ފުނޑުފުނޑުވެގެން އެ ދިޔައީ! pic.twitter.com/iCwywNEg89
— Mohamed Jameel Ahmed (@MJameelAhmed) November 8, 2020
ފިޗް ރޭޓިންގްސް އިން އެންމެ ފުރަތަމަ ރާއްޖެ އަށް ކްރެޑިޓް ރޭންކިން އެއް ދިނީ 2016 ވަނަ އަހަރު އެވެ. ފިޗަކީ ދުނިޔޭގެ އެންމެ ޓްރާންސްޕޭރެންޓް ރޭޓިން އެޖެންސީ އެވެ.