English Edition
Dhivehi Edition
މުބާރާތުގައި ޓީމަކުން ކުޅުން ކުރިއަށް ގެންދަނީ: ފޮޓޯ ޒަޔާން މުޚްތާރު /އޭއޯ ނިއުސް

ހޮރައިޒަންއެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގެ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗް ތައް އިއްޔެ ނިންމާލައިފިއެވެ. މި މުބާރާތުގެ ހަތަރު މެޗް އިއްޔެ ކުޅެފައިވާއިރު މެޗް ގެ ކުޅުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރާއި އަދި ރޭގައެވެ.

ހަވީރު ފުރަތަމަ ކުޅުނު ދެ މެޗުން ކޯޓް 1 ގައި ބައްދަލު ކުރީ ގުރޫޕް އޭ ގެ ފޭދޫ ސްކޫލް ޓީމް އޭ އަދި ނޫރާނީ ސްކޫލެވެ. މިދެ ޓީމް ބައްދަލްކޮއް މެޗުން ކުޅުނު 7 ޓައިން 5 ޓައި ކާމިޔާބުކޮއް 22 ޕޮއިންޓާއެކު މިމެޗު ކާމިޔާބު ކުރީ ފޭދޫ ސްކޫލް ޓީމް އޭ އެވެ.

އަދި ކޯޓް 2 ގައި ބައްދަލްކުރީ ގުރޫޕް ބީގެ އައްޑޫ ހައި ސްކޫލާއި ޝަރަފުއްދީން ސްކޫލް ޓީމް ބީ އެވެ. މިދެ ޓީމް ބައްދަލްކޮއް މެޗުން ކުޅުނު 7 ޓައިން 4 ޓައިން ކާމިޔާބުކޮއް 20 ޕޮއިންޓާއެކެ މިމެޗު ކާމިޔާބު ކުރީ އައްޑޫ ހައި ސްކޫލެވެ.

ރޭ ކޯޓު 1 ގައި ބައްދަލު ކުރީ ހިތަދޫ ސްކޫލް ޓީމް އޭ އާއި ހިތަދޫ ސްކޫލް ޓީމް ބީ އެވެ. މި މެޗް 7 ޓައި ކުޅެ 4 ޓައި ކާމިޔާބު ކޮށްގެން 20 ޕޮއިންޓާއެކު މެޗް ކާމިޔާބު ކުރީ ހިތަދޫ ސްކޫލް ޓީމް ބީ އެވެ.

އަދި ކޯޓު 2 ގައި ބައްދަލުކުރީ ގުރޫޕް B ގެ ޝަރަފުއްދީން ސްކޫލް ޓީމް A އާއި ފޭދޫ ސްކޫލް ޓީމް B އެވެ. ވަރަށް ފަސޭހަކަމާއެކު 6 ޓައި ކާމިޔާބު ކޮށްގެން 24 ޕޮއިންޓާއެކު މެޗް ކާމިޔާބު ކޮށްފައިވަނީ ޝަރަފުއްދީން ޓީމް ބީ އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖް ގެ މެޗްތައް އިއްޔެ އާއި ހަމައަށް ނިމިފައިވާއިރު ގުރޫޕް ސްޓޭޖް ގެ މެޗްތައް ކުޅެފައިވަނީ ނޮކް އައުޓް ސްޓޭޖަށެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ސެމީއަށްދާ ގޮތަށެވެ. ގުރޫޕް އޭ އިން ނޫރާނީ ސްކޫލާއި ހިތަދޫ ސްކޫލް ޓީމް އޭ ވަނީ މުބާރާތުން ވަކިވެފައެވެ. އަދި ގުރޫޕް ބީ ގެ ޝަރަފުއްދީން ޓީމް އޭ އާއި ފޭދޫ ސްކޫލް ޓީމް ބީ ވެސް ވަނީ މުބާރާތުން އަލްވަދާޢު ކިޔާފައެވެ.
ގުރޫޕް އޭ ގެ ހިތަދޫ ސްކޫލް ޓީމް ބީ އާއި ފޭދޫ ސްކޫލް ޓީމް އޭ އަދި ގުރޫޕް ބީ ގެ އައްޑޫ ހައި ސްކޫލާއި ޝަރަފުއްދީން ސްކޫލް ޓީމް ބީ ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. މި ދެމެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ކޯޓް 1 ގައެވެ.

ސެމީ ފައިނަލުގެ ކުޅުން މިއަދު ފެށޭއިރު މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.

 

.