English Edition
Dhivehi Edition
ހޮރައިޒަންއެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގައި ކުޅުންތެރިޔަކު ކުޅެނީ: ފޮޓޯ ޒަޔާން މުޚްތާރު/ އޭއޯ ނިއުސް

ހޮރައިޒަންއެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގައި ރޭ ކުޅުނު މެޗްތަކު ގައި ބައްދަލު ކޮށް ފޯރިގަދަ ކުޅުމަކުން އައްޑޫހައިސްކޫލާއި ފޭދޫ ސްކޫލް ޓީމް އޭ ކާމިޔާބު ހޯދައިފިއެވެ.

ރޭގެ މެޗްގައި ކޯޓު 1 ގައި ބައްދަލު ކުރީ ގުރޫޕް އޭ ގެ ފޭދޫ ސްކޫލް ޓީމާއި އަދި ހިތަދޫ ސްކޫލް ޓީމް އޭ އެވެ. އަދި ކޯޓް 2 ގައި ބައްދަލު ކުރީ ގުރޫޕް ބީގެ އައްޑޫ ހައިސްކޫލް ޓީމާއއި ފޭދޫ ސްކޫލް ޓީމް އޭ އެވެ.

ގުރޫޕް A , ކޯޓު 1 ގަައި 7 ޓައި އައް ކުޅެގެން 22 ޕޮއިންޓުން މޮޅުވެފައި ވަނީ ފޭދޫ ސްކޫލްގެ ޓީމް އޭ އެވެ.އަދި ގުރޫޕް B އިން ކޯޓު 2 ކުން 7 ޓައިއަށް ރޭ ވާދަކޮށް 26 ޕޮއިމްޓުން މޮޅުވި ޓީމް އަކީ އައްޑޫ ހައި ސްކޫލްގެ ޓީމް އެވެ.

މިމުބާރާތުގެ މެޗްތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ މެޗެއްގައިވެސް 7 ޓައި ކުޅޭނެއެވެ. އެއީ މެންސް ސިންގަލްގެ 1 ޓައި، ވިމެންސް ޑަބަލްގެ 3 ޓައި މެންސް ޑަބަލްގެ 2 ޓައި،އަދި ވިމެންސް ސިންގަލްގެ 1 ޓައި އެވެ. މޮޅުވާ ކޮންމެ ޓައީ އަކުން ޓީމަށް 3 ޕޮއިންޓް ލިބޭއިރު ޓައި އިން ބަލިވެއްޖެނަމަ ލިބެނީ 1 ޕޮއިންޓެވެ. އަދި މުޅި މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ކާމިޔާބު ކުރާ ޓީމަށް އިތުރު 5 ޕޮއިންޓް ލިބެއެވެ.

މި މުބާރާތުގައި މިއަދު ހަވީރާއި ރޭގަނޑު ކުޅޭ ގޮތައް ވަނީ ހަަަމަ ޖެހިފައެވެ. ހަވީރު 4 ޖަހާއިރު ކޯޓު 1 ގައި ބައްދަލުކުރާނީ ގުރޫޕް އޭ ގެ ފޭދޫ ސްކޫލް ޓީމް އޭ އަދި ނޫރާނީ ސްކުލެވެ. ކޯޓު 2 ގައި ބައްދަލު ކުރާނީ ގުރޫޕް ބީގެ އައްޑޫ ހައި ސްކޫލާއި ޝަރަފުއްދީން ސްކޫލް ގެ ޓީމް ބީ އެވެ. އަދި ރޭަގަނޑު 8 ޖަހާއިރު ކޯޓު 1 ގައި ބައްދަލު ކުރާނީ ގުރޫޕް އޭ ގެ ހިތަދޫ ސްކޫލް ޓީމް ބީ އާއި ހިތަދޫ ސްކޫލް ޓީމް އޭ އެވެ. ކޯޓު 2 ގައި ކުޅޭނީ ގުރޫޕް ބީ ގެ ޝަރަފުއްދީން ސްކޫލް ޓީމް އޭ އާއި ފޭދޫ ސްކޫލް ޓީމް ބީ އެވެ.