English Edition
Dhivehi Edition

މަސްޓޭންކު ގެންގުޅޭ ފަރާތްތަކަށް އަނެއްކާވެސް މި އޮތީ އުފާވެރި ޚަބަރެކެވެ. ތަފާތު އެކި ވައްތަރުތަކުގެ ޓޭންކުމަސް ވިއްކާ ފިހާރައެއް އައްޑޫސިޓީގެ ފޭދޫ ގައި ހުޅުވި ޚަބަރެވެ.

މި މަހު 1 ވަނަ ދުވަހުގައި ފޭދޫ ބޮޑުމަގުގައި “އިވަގޫމީ” ގެ ނަމުގައި ހުޅުވި ޓޭންކު މަސްވިއްކާ ފިހާރައިން ވަރަށް ތަފާތު އެކި ވައްތަރުގެ މަސް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ގިނަ ބަޔަކަށް މަގުބޫލު 8 ވައްތަރެއްގެ މަސް ގަންނަން ލިބޭކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

އޭއޯ ނިއުސް އަށް ދިން އިންޓަވިއުގައި ފިހާރައިގެ ޝެއާރ ޕާރޓްނާރ ކަމަށް ވާ ސާމީ ބުނެފައި ވަނީ ,ފުރަތަމަ މިމަސައްކަތް ފެށީ އަމިއްލައަށް ގޭގައި ކަމަށާއި ކާމިޔާބުވުުމުން ދެންނިންމީ ވިޔަފާރިއެއް ގޮތުގައި ހެޔޮ އަގުގައި މިމަސައްކަތް ރައްޔިތުންނަށް ފޯރުކޮއްދިނުމަށް ކަމަށެވެ.

މަސް ޓޭންކު ގެންގުޅެން ބޭނުންވާ ފަރާތްތަކަށް މި ފިހާރައިން އެކި ސައިޒްގެ ޓޭންކުވެސް ލިބެން ހުންނައިރު ސާމީ ބުނީ ކަސްޓަމަރުން ބޭނުން ވާގޮތަށް އަދި ކަސްޓަމަރުންގެ ބަޖެޓައް ފެތޭގޮތަށް ޓޭންކުތައްވެސް ފަރުމާ ކޮއްދެވޭނެކަމަށެވެ. އަދި ތަފާތު އެކިވައްތަރުގެ ފުރެޝް ވޯޓާގަސް ތަކެއްވެސް ހެޔޮއަގުގައި ފިހާރައިގައި ލިބެން ހުންނާނެކަމަށް އޭނާ ބުންޏެވެ.

މިފިހާރަ ހުޅުވަައިފައި ހުންނާނީ ހެދުނު 9 އަކުން ރޭގަޑު 10 އަކާ ހަމަށެވެ. އަދި އިތުރުން ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށް ދެވޭނެ ކަން ސާމީ ވަނީ ފާހަގަ ކޮއްފައެވެ..