English Edition
Dhivehi Edition
ފޭދޫ ގައި ފަތާ ޓްރެކް އަޅަނީ/ފޮޓޯ އޭއޯނިއުސް އަލީ ނާސިރު

އައްޑޫ ސިޓީ ފޭދޫގައި ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މިއަދު 9:40 ހާއިރު މޫދުގައި އޮއްވާ ފެނިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ފޭދޫ ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ.