English Edition
Dhivehi Edition
ފަލަސްތީނަށް އެހީވުމަށް އައްޑޫގައި ކުރިއަށް ގެންދިޔަ ހަރަކާތެއް / ފޮޓޯ:އަލީ ނަސީރު

އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހުން އިސްނަގައިގެން ފަލަސްތީނުގެ ގާޒާގެ ހާލުޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހު 16:00-17:45 އަށް 20:00-23:00 އަށް ފޭދޫ ކުރީގެ ފުޓުބޯޅަ ދަނޑުގައެވެ. No description available.

ފޭދޫ އަވަށު އޮފީހުން ބުނީ ފަންޑްރެއިޒިންގ އިވެންޓްގައި ޢަމަލީގޮތުން ބައިވެރިވެ ފަލަސްތީނުގެ ގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީވުމުގެ ފުރުޞަތު ބޭނުންވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ. މިގޮތުން މި އެވެންޓުގައި ސްޓޯލް ބުކް ކުރުމަށް ބޭނުންވާ ފަރާތްތަކުން 7789044 އަށް ވައިބާ ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ފޭދޫ އަވަށު އޮފީހުން ބުނީ އެ އޮފީހުގެ އެންމެ ބޮޑު ބޭނުމަކީ ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް، އެހީވުމަށް މަގު ފަހިކޮށްދިނުންކަމަށެވެ.

ފަލަސްތީނަށް އެހީތެރިވުމަށް އައްޑޫ ސިޓީގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނައިރު ފޭދޫ އަވަށު އޮފީހަކީ އެ ސިޓީއިން އެންމެ ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ އެއް މުވައްސަސާއެވެ. މި ގޮތުން މީގެ ކުރިންވެސް އެ އޮފީހުން ވަނީ ފަލަސްތީނަށް އެހީވުމަށް ދެ ހަރަކާތެއް ބާއްވާފައެވެ.