އައްޑޫ ފޭދޫ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފޭދޫ އަވަށު އޮފީހާއި ފޭދޫ ސްކޫލު ގުޅިގެން އިންތިޒާމުކުރާ “ފޭދޫ ޤުރުއާން މުބާރާތް 2024” ގެ ނަމުގައި ބާއްވާ މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅަން ޖެހެނީ މި މަހުގެ 31 ގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.
ދެ ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީ އާއި އެ އަވަށުގައި ރަޖިސްޓްރީ ނަމަވެސް އައްޑޫގެ އެހެން އަވަށްތަކުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ކެޓަގަރީ ހިމެނެއެވެ. މުބާރާތުގެ ކިޔެވުން ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު އެއީ ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނުބަލައި ކިޔެވުމުގެ ގޮފިއެވެ. މި މުބާރާތް ހާއްސަކޮށްފައި ވަނީ “6 ސްޓޭޖް” އަކަށެވެ.
އަވަށު އޮފީހުން ބުނީ މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖައްސައި، ގުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުން ކަމަށެވެ.