English Edition
Dhivehi Edition
އައިބީގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ފޮޓޯ: އީނާ

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އިބްރާހީމްދީދީ(އައިބީ)ގެ ކެމްޕެއިނުގައި ފޭދޫ ސްޓިއަރިން ކޮމެޓީގެ ހުރިހާ މެންބަރުންވެސް ބައިވެރިވެ ދިނުމަށް ޕާޓީގެ ލީޑާޝިޕުން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ބޭއްވި އިންތިހާބު އައިބީ ކާމިޔާބުކުރީ އެ ދާއިރާގެ ސްޓިއަރިން ކޮމެޓީގެ ރައީސް، އަބްދުﷲ ރަފީއުއާއި ވާދަކޮށެވެ. އިންތިހާބަށް ފަހު އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ޕާޓީގެ ބައެއް މެންބަރުން އައިބީގެ ކެމްޕެއިންގައި ބައިވެރިނުވާ މައްސަލަ ފެންމަތިވެފައިވާއިރު ކެމްޕެއިނަށް ބޭނުންކުރުމަށް ޕީޕީއެމްގެ ޖަގަހައާއި ވަސީލަތްތައް ނުދޭ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

May be an image of text

މިކަމާ ގުޅިގެން ޕީއެންސީގެ ޗެއާޕާސަން، އަބްދުއްރަހީމް، ފޭދޫ ސްޓިއަރިން ކޮމިޓީއަށް ފޮނުވި ސިޓިގައިވަނީ އައިބީގެ ކެމްޕޭނަށް ފޭދޫ ދާއިރާގެ ރައީސް އާއި ސްޓިއަރިން ކޮމެޓީގެ މެންބަރުންގެ އެއްބާރުލުމާއި ޖަގަހަ ހިންގުމަށް ބޭނުން ކުރާ ތަން ވެސް އައިބީއަށް ބޭނުން ނުކުރެވޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން 7 ދުވަހުގެ ތެރޭގައި، ޕާޓީގެ ކުރީގެ އިދާރާ އާއި ޖަގަހައިގައި ހުރި ހުރިހާ މުދަލެއް މިހާރު އެ ޕާޓީގެ ރަސްމީ އިދާރާކަމުގައި ކަނޑައަޅާފައިވާ އަސުރުމާގެއަށް ބަދަލުކުރަން ސިޓީގައި އަންގާފައިވެއެވެ.

މީގެ އިތުރުން ޕާޓީ ލީޑާޝިޕުން ވަނީ ކުރިއަށް އޮތް ތަނުގައި އައިބީގެ ކެމްޕޭނުގައި ފޭދޫ ސްޓިއަރިން ކޮމެޓީގެ އެންމެހައި މެންބަރުން ބައިވެރިވުމަށްވެސް އެދިފައެވެ.