English Edition
Dhivehi Edition

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް ތާވަލްކޮށްފި އެވެ.

އަންނައަހަރަށް ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓްރީގެ ފަރާތުން މަޖިލީހަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި މަޖިލީހުގެރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް މަޖިލީހަށް ލިބިފައި ވީނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން މެމްބަރުންނަށް ބަޖެޓް ދެވެން އޮންނަނީ، ފިނޭންސް މިނިސްޓަރ މަޖިލީހުގެ ތަޅުމަށް ބަޖެޓް ހުށަހެޅުމުންކަމަށެވެ. އިތުރަށް ނަޝީދު ވިދާޅުވީ ބަޖެޓް ހުށަހަޅާފަހުން 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މިމަހުގެ 16 ވަނަ ދުވަހު ބެޖެޓް ބަހުސް މަރުހަލާ ފަށްޓަވާނެކަމަށާއި އަމާޒަކީ، އަންނަ މަހުގެ ފުރަތަމަ ހަފްތާތެރޭ ބަޖެޓްގެ މަސައްކަތް ނިންމުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ފިނޭންސް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ.