English Edition
Dhivehi Edition
ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ)

މާލެއިން ރޭގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި އަންހެން މީހާ މިއަދު ހެނދުނު އަމިއްލައަށް ގެއަށް ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ

ފުލުހުން މިއަދު ވިދާޅުވީ އޭނާ އަމިއްލައަށް ގެއަށް ދިޔައީ ހެނދުނު 8:45 ހާއިރު ކަމަށާއި އާއިލާއިން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ރޭ މާލެއިން، ގެއްލިގެން ހޯދަން އިއުލާނު ކުރީ ރ. ކިނޮޅަސް، ލަގްޒަރީ، އުމުރުން 33 އަހަރުގެ ޝިރުމީނާ އަބޫބަކުރެވެ. ފުލުހުން ހާމަކުރާ ގޮތުގައި މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ރިޕޯޓް ކޮށްފައިވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައި ކަމަށެވެ.