English Edition
Dhivehi Edition
މާލޭ މަގުމަތީގެ މަންޒަރެއް - ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭން ބޭރަށް ދިއުމަށް ފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ހިމަ ބިއްސަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުގައި އުޅޭ އެ މީހާ ހިމަބިއްސަށް ޕޮޒިޓިވްވީ މިދިޔަ އަންގާރަ ދުވަހު ކަމަށާ އެ އޭޖެންސީން ބެލިބެލުމުން އޭނާއަށް ބަލި ޖެހުނީ ރާއްޖެއިން ބޭރުން ކަން އެނގިފައިވާކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ބުނީ އެމީހާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށާ އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށެވެ. މީގެ އިތުރުން އެޗްޕީއޭ އިން ބުނީ އެމީހާއަކީ މީސްލް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއް ކަމަށާ މި ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށް އެ އޭޖެންސީ އިން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެޗްޕީއޭ އިން ބުނީ ބަލި ޖެހިފައިވާ ފަރާތުން، އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި އޭނާ ދަތުރުކޮށްފައިވާ ކަމަށާ އެހެންކަމުން ދަތުރުމަތީގައި އަދި ގެ އާއި ހޮސްޕިޓަލުން އޭނާއަށް ކޮންޓެކްޓްވި މީހުންގެ މައުލޫމާތު އެއްކުރަމުން ދާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން މީސްލްސް ވެކްސިން ޑޯޒްތައް ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުމާ ބަލިމީހާ ދިރިއުޅޭ ސަރަހައްދުގައި ރިންގް ވެކްސިނޭޝަން ކުރިއަށް ގެންދާނެކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ޓެގު