މާލޭގެ ގުދަނަކުން ހަރުފައެއް ފެނިއްޖެއެވެ.
ހަރުފަ ފެނިފައިވަނީ ލަކުޑި ގުދަނަކުންނެވެ. އެ ހަރުފަ ހިފުމަށް ވަނީ ސިފައިންގެ އެހީތެކަން ހޯދާފައެވެ.
ސިފައިން ވަނީ ހަރުފަ ހިފައި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މިކަމާ ގުޅިގެން ސިފައިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
ބެލެވޭ ގޮތުގައި ސިފައިން ހިފާފައިވަނީ ޕައިތަން ހަރުފައެކެވެ.
ޕައިތަން އަކީ ވިހަ ހަރުފައެއް ނޫނެވެ. ނަމަވެސް މި ޒާތުގެ ހަރުފަ އިންސާނުންގައިގައި ދަތް އަޅައި އޮޅާލައި ހަދަދައެވެ. ނަމަވެސް މިއަދު މާލެއިން ފެނުނު ހަރުފަ އެއްވެސް މީހަކަށް އަނިޔާކޮށްފައެއް ނުވެއެވެ.