English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތުގެ 34 ޕަސެންޓާއި އެއްގަމު ތޮށީގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާކަމަށެވެ.

މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 35،496 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 22،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 496 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ތޮށިލުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިން ބޭރުތޮށިލުން ހިމެނެއެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި، 2480 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

Image

މި މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. 18 ސެޕްޓެމްބަރ 2019 ގައި މޮބިލައިޒް ކުރެވުނު މި މަޝްރޫއުގެ ޖުމްލަ އަގަކީ 33.4 މިލިއަން ރުފިޔާއެވެ.