English Edition
Dhivehi Edition

ގދ. ތިނަދޫގެ ކަޅިރަވަ ދޯނިން މަހަށް ނިކުމެ އުޅެނިކޮށް ކުއްލި ގޮތަކަށް މަރުވި ގދ. ތިނަދޫ އިބްރާހިމް ޝާހް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ޝާހު މަރުވީ މަހަށް ގޮސް އުޅެނިކޮށް މޭގައި މަހަކުން ޖެހިގެންކަމަށް، ގިނަ ބަޔަކު ބުނެފައިވާއިރު ޝާހުގެ މޭގައި މަހަކުން ޖެހިފައިވަނީ މަރުވުމުގެ އެއްދުވަސްކުރިންނެވެ. ޝާހު މަހަށް ދިޔަ ދޯނި ހުޅުމާލެ އިން ގއ. ކޫއްޑޫ އަށް ދަތުރުކުރަމުން ދިޔައިރު، އޭނާ މަރުވެފައި އޮތްވާ ފެނުނީ، ދޯނީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އޮއްވަ އެވެ.

ޝާހުގެ މަރާއި ބެހޭ ގޮތުން ގދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވީ އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތްކަމަށާއި ޝާހު މަރުވެފައި ވަނީ ހާޓްއެޓެކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މަހަށް ނިކުމެ އުޅެނިކޮށް ހާލުދެރަވެގެން ތިނަދޫ މީހަކު ނިޔާވެއްޖެ

ޝާހުގެ މަރު ސާބިތު ކުރުމުން އާއިލާއިން އޭނާގެ ހަށިގަނޑު ތިނަދުއަށް ގެންގޮސްފައިވާއިރު ޝާހުގެ ޖަނާޒާ މިއަދު މެންދުރުފަހު ތިނަދޫގައި ބޭއްވުމަށްވަނީ ނިންމާފައެވެ.