English Edition
Dhivehi Edition
ކުޅުދުއްފުށީ, ބްލޫބާޑް، ޝަޒްފާ އަބްދުﷲ
ހދ. ކުޅުދުއްފުށީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން އެ ރަށާއި އެ ކުއްޖާ ތައުލީމު ހާސިލުކުރަމުން ދިޔަ ސްކޫލަށް ބޮޑު ހިތާމައެއް ލިބިއްޖެ އެވެ.
މިއަދު ހެނދުނު ނިޔާވެފައި އޮއްވާ ފެނުނީ އެ ރަށު ބްލޫބާޑް، ޝަޒްފާ އަބްދުﷲ އިބްރާހިމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަޒްފާ ނިޔާވެފައިވާކަން އެނގުނީ މިއަދު ހެނދުނު އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ބެލިއިރު އެވެ. މި ހާދިސާ ހިނގާފައި ވަނީ ވަރަށް ކުއްލި ގޮތަކަށެވެ. ޝަޒްފާ އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހެލްތް ކެއާ އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ސާމިޔާ އަލީގެ ދަރިފުޅެވެ.

ޝަޒްފާ އަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް 10 ގައި ތައުލީމު ހާސިލުކުރަމުން ދިޔަ ދަރިވަރެކެވެ. އޭނާ އަކީ އެ ސްކޫލުގެ އީއެލްއޭގެ ވައިސް ޕްރެޒިޑެންޓްކަން ވެސް ކުރަމުން އައި ހުނަރުވެރި ދަރިވަރެކެވެ. މި ކުއްލި ވަކިވުމާ ގުޅިގެން އެ މަރުކަޒުން ވަނީ ފުން ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މަރުހޫމާގެ ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިޔައީ މިއަދުގެ އަސްރު ނަމާދަށް ފަހުގަ އެވެ. ކަށުނަމާދު އޮތީ މަސްޖިދުލް ހަދާރަތުގަ އެވެ. އަދި ޝަޒްފާގެ ހަށިގަނޑު ވަޅުލާފައި ވަނީ އެ ރަށު ރަހުމާ ސަހަރާގަ އެވެ.