English Edition
Dhivehi Edition

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގާއިމްކުރާ ކޯ ވޯކްސްޕޭސް ފެސިލިޓީއަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ބީސީސީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އަަލަށް ފަށާ ކުދި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމާއެކު އެ ކޯޕަރޭޝަނުން ކޯޝެއާޑް ވޯކްސްޕޭސް ފެސިލިޓީއެއް މާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޯ ވޯކްސްޕޭސް އަކީ ފްރީލާންސްކޮށް މަސައްކަތް ކުރާ ފަރާތްތަކަށާއި އަލަށް ވިޔަފާރިފަށާ ޒުވާނުންނަށް ހެޔޮ އަގެއްގައި ވިޔަފާރީގެ މަސައްކަތްތައްކޮށް، ހިޔާލުބަދުލުކުރެވޭނެ ފަހި މާހައުލެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ފަރުމާކުރެވިފައި ހުންނަ ތަންތަނެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފޯމް މެދުވެރިކޮށް އެކަމަށް ރަޖިސްޓަރ ވުމަށް ބީސީސީން ވަނީ ހުޅުވާލައިފައެވެ. ފޯމް ލުމުގެ ސުންގަޑިއަކީ 27 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 15:00 އެވެ.