English Edition
Dhivehi Edition
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) - ފޮޓޯ: ސަން

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލުމުން ދެން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށް އޭސީސީ އިން ވިދާޅުވެއްޖެއެވެ.

އޭސީސީއިން ބުނީ މި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މި މައްސަލައަކީ ފުލުހުންނާއި އެކު ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ވުމުން ދެ ފަރާތުން ގުޅިގެން މައްސަލަ ދިރާސާ ކުރުމަށް ފަހު މައްސަލަ އާއި މެދު ގޮތެއް ނިންމާނެކަމަށެވެ.

ކޮވިޑް19: ހެކި ނެތިގެން ވެންޓިލޭޓަރު މައްސަލައިގައި ދައުވާނުކުރަން ނިންމައިފި

މި މައްސަލައާއި ގުޅޭ ގޮތުން ޕީޖީ އޮފީހުން މިއަދު ބުނީ އޭސީސީ އިން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި، ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ނިންމާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތައް ބަޔާންކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޕްރެސް އެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހުގެ ނިންމުމާއި ގުޅޭގޮތުން އިތުރު ތަފްސީލު ހާމަކުރުމަށް މިއަދު މެންދުރު 13:00 ގައި ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.