English Edition
Dhivehi Edition

ދައުވާކުރުމަށް ބޭނުންވާ މިންވަރަށް ހެއްކާ ގަރީނާ ނެތުމުގެ ސަބަބުން ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި، ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ނިންމާފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެ މައްސަލަ ވަނީ ޑިކްލައިންކޮށްފައެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް ފޮނުވާފައިވާ މީހުންނަކީ ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް، ޑިރެކްޓަރު ނައުޝާދު އަލީ، އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ، ބިޑް ކޮމިޓީ މެމްބަރު، އާމިނަތު ޝައުފާ، ލީގަލް އޮފިސަރު، އަލީ ޝިހާމް، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒްއެވެ.