English Edition
Dhivehi Edition

1980 އަދި 1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ ތަރި މިތުން ޗަކްރަބަތީގެ ދޮށީ ދަރުފުޅު މަހާކްޝޭ ޗަކްރަބަތީ (މިމޯ) އަށް ކޮށްފައިވާ ރޭޕްގެ ދައުވާ ބަލައިދޭން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މި މައްސަލަވަނީ މީގެ ދެ އަހަރު ކުރިން ނިއު ދިއްލީގެ ކޯޓަކަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުށަހެޅި މި މައްސަލަ އާއި މެދު ކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މިމޯގެ ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އުމުރުން 38 އަހަރުގެ އަންހެން މީހާ މުމްބާއީގެ އޮޝިވާރާ ފުލުހުންނަށް މި މައްސަލަ އަލުން ހުށަހަޅާފައިވާއިރު، މި އަންހެން މީހާ އާއި މިމޯވަނީ 03 އަހަރުދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.

އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާއާއި ހަވާލާދީ ބުނީ، 2015 ވަނަ އަހަރު މިމޯ އަނދޭރީ ވެސްޓުން ގަނެފައިވާ ފްލެޓަށް އެއް ދުވަހަކު އަންހެންމީހާއާއި ބައްދަކުރަން ދިޔަ އިރު، މިމޯ ހުރީ މަސްތުވެގެން ކަމަށެވެ. އަދި އެ ދުވަހު ގަދަކަމުން އަންހެންމީހާ އަށް ވެސް ބަނގުރާ ބޯން ދޭން މަސައްކަތްކޮށް، ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތްކޮށްފައިވާކަމަށެވެ. މީގެ އިތުރުން އެ އަންހެންމީހާ ބުނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ބަލިވެއިން ކަމަށާއި ދަރި ވައްޓައިލަން ބޭސް ބޭނުންކުރަން ވެސް މިމޯ މަޖުބޫރުކުރި ކަމަށެވެ.މީގެ އިތުރުން2018 ގައި ކައިވެނިކުރަން އެދުމުން އެކަމަށް އިންކާރުކޮށް، ބޭވަފާތެރިވެފައިވާ ކަމަށްވެސް އެ އަންހެންމީހާވަނީ ބުނެފައެވެ. އަދި މިކަން މިމޯގެ މަންމައަށްވެސް އެގޭނެ ކަމަށާއި، އޭނާ އާއި މި ވާހަކަ ހިއްސާކުރުމުން އެކި ކަހަލަ އިންޒާރުތައް ދީފައިވާ ކަމަށްވެސް އަންހެންމީހާ ބުންޏެވެ.

ކުރިން ބައެއް ހިންދީ، ތެލެގޫ، ތަމަޅަ އަދި ކަންނާޑާ ފިލްމުތަކުން ފެނިގެން ދިޔަ ތަރި މަދަލްސާ ސަރްމާ އާއި 2018 ވަނަ އަހަރު މިމޯ ކައިވެނިކޮށްފައިވާއިރު، މި މައްސަލަ ފެންމަތިވުމާއި ގުޅިގެން އަދި އެއާއިލާއިން މީޑީއާގައި އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެއެވެ،