ކޮވިޑް-19 އިން އަރައިގަތުމުގައި ރާއްޖެއަށް ލިބެމުންދާ ކާމިޔާބީގެ އެއް ސަބަބަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ދެމެދު އޮތް ގުޅުން ކަމުގައި ފޮރިން މިނިސްޓަރ، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އިއްޔެ ކުރެއްވި ޓްވީޓުތަކެއްގައެވެ.
ކުރިއެރުމާއި، ލިބެމުން އަންނަ ކާމުޔާބީ ގެ އެއް ސަބަބަކީ ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢު އާއި ދެމެދުއޮތް ބަދަހިބގުޅުން.
ކޮވިޑް19 އާއި ދެކޮޅަށް މިކުރާ މަސައްކަތުގައި ފަންނީ ގޮތުންނާއި މާލީގޮތުން ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް އަންނަނީ ލިބެމުން— Abdulla Shahid (@abdulla_shahid) October 18, 2020
އެގޮތުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ފެށުނު އިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން ދިވެހި ރާއްޖެއަށާއި ދިވެހިންނަށް ލިބެންހުރި އެތައް މަންފާތަކާއި އެތަކެއް އެހީ ލިބުމަށް ވަރަށް ބޮޑަށް ހުރަސް އެޅުނު ކަމަށެވެ.
“ނަމަވެސް މާތް ﷲ ގެ ވާގިފުޅާއި އެކު އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް މިހާރު އަންނަނީ ބަދަހިވަމުން. އަދި އެކަމުގެ ފައިދާވެސް ދިވެހިންނަށް އަންނަނީ ލިބެމުން”، ޝާހިދު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެ ވަށާލި އިރު ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިއާދަ ކުރެވި ބަދަހި ވެފައިވާ ކަމީ މާތްﷲގެ މަދަދާއި އެކު ދިވެހިންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް ކަމަށެވެ. އަދި މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމުޔާބީގެ އެއް ސަބަބަކީ ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢު އާއި ދެމެދުއޮތް ބަދަހި ގުޅުން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ފަންނީ ގޮތުންނާއި މާލީގޮތުން ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ދީލަތި އެހީތަކެއް ލިބެމުން އަންނަ ކަމަށެވެ.
“މިކަމަށްޓަކައި ރާއްޖެއަށް އެހީތެރިވެދިން އަދި މިހާރުވެސް އެހީތެރިވަމުން އަންނަ ހުރިހާ ޤައުމު ތަކަށާއި، ވަކިވަކި ފަރުދުންނަށާއި ، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން!”، ޝާހިދު ވިދާޅުވިއެވެ.