English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

މާލެ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވި މީހަކު، ފަރުވާ ހޯދުމަށް އޭޑީކޭ ހޮސްޕިޓަލަށް ދިޔަ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ރޭ 10:51 ހާއިރު އެވެ.

އެ ހާދިސާއާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރޭ އައްޑޫ ސިޓީ ހިތަދޫގައި ވެސް ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ވަނީ މީހަކު ޒަޚަމްކޮށްލައިފައެވެ.