English Edition
Dhivehi Edition

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހިލޭ ގުޅޭ ނަންބަރު، 1676ގެ ޚިދުމަތް މެދުކެނޑުމަށްފަހު އަލުން ފަށައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭގެ އިމަޖެންސީ ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ ހޮޓްލައިން ނަންބަރު މިރޭގެ ވަގުތެއްގައި މެދުކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއް ސަބަބުންނެވެ. އެ ހޮޓްލައިން އަށް ދިމާވި މައްސަލަ ރަނގަޅު ކުރުމަށްފަހު، ޚިދުމަތް އަލުން ފަށާފައިވާއިރު އެޗްޕީއޭ އިން ވަނީ އޭގެ ސަބަބުން ދިމާވި ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.

މީގެ އިތުރުން ހޮޓްލައިންގެ ޚިދުމަތް މެދުކެނޑުނު ވަގުތު ކޯލް ސެންޓަރުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ދެއްކި ކެތްތެރިކަމަށްޓަކައި އެ އެޖެންސީން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

ކޮރޮނާވައިރަސް ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ޤާއިމްކޮށްފައިވާ އެ ހޮޓްލައިން ނަންބަރު މެދުވެރިކޮށް ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް އެޗްޕީއޭގެ ޚިދުމަތްތައް ހޯދަމުންދެއެވެ.