ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ޤަވާއިދާ ޚިލާފަށް ވަނުން މަނާކޮށްފިއެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ޝެޑިއުލް ކުރެވިގެންނާއި ޗާރޓަރކޮށްގެން ކުޅުދުއްފުށީ އެއާޕޯޓަށް ބޯޓް ޖައްސާ ގަޑިތަކާއި އަދި އެނޫންވެސް ގަޑިތަކުގައި ރަންވޭ ހިމެނޭ ސަރަހައްދަށް އާންމުން ވަދެ ނުކުމެވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން ކުޑަކުދިންނާއި ބޮޑެތި މީހުން ރަށްވޭ ހިމެނޭ ސަރަހައްދަށް ވަދެ ނުކުމެވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެފަދަ ކަންކަމަކީ ބައެއްގެ ފުރާނައަށް ގެއްލުން ލިބޭފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަކަށްވާތީ އެފަދަ ކަންކަން ނުކުރުމަށް ކައުންސިލުން ވަނީ ހަނދާންކޮށްދީ ނަސޭހަތްތެރިވެފައެވެ.
އެހެންކަމުން ބޯޓު ޖައްސާ ސަރަހައްދަށް ޢާންމުން ވަދެ ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމުގައި އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.