English Edition
Dhivehi Edition
މީގެކުރިން އެއާޕޯޓުގައި ލަގެޖެއް ސްކްރީންކޮށްފައި ފޮޓޯ/ އެމްއޭސީއެލް

ކުޅުދުއްފުށީ އެއާޕޯޓުން މާލެ ފުރަން ދިޔަ ފަސިންޖަރެއްގެ ދަބަހުން ވަޒަނެއް ފެނުނު ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހުކުރުދުވަހު ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ފުރަން އުޅުނު ދިވެއްސެއް ބަލައި ފާސްކުރުމުގެ ތެރެއިން، އޭނާ އަތުން ވަޒަނެއް ފެނުނު މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެއީ ވަޒަނެއް ކަމަށް ވަރަށް ޔަގީންކުރެވޭ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތު ދެވެން ނެތްކަމަށް ބުނެފައެވެ.