English Edition
Dhivehi Edition

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ، އާއިލާއަށް އެއްވެސް ހަބަރެއްނުވުމާ ގުޅިގެން ހޯދަމުން ދަނީ އުމުރުން 39 އަހަރުގެ އަބްދުﷲ އިބްރާހީމް ކަމަށެވެ. އޭނާގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުނީ އަބްދުﷲ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ.

އެހެންކަމުން އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ކުޅުދުއްފުށި ފުލުހުންގެ އިދާރާ އަށް (9791382)، ނުވަތަ ފުލުހުންގެ ހޮޓްލައިނަށް (3322111) ގުޅުމަށް ފުލުހުން އެދެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ގެއްލިގެން ރިޕޯޓްކުރާ އަދަދު އިތުރުވެފައިވާއިރު ކުޑަކުދިން ގެއްލިގެން ހުށަހަޅާ މައްސަލަތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ކަމާ ގުޅޭ އިދާރާތަކުން މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.