English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާލޭ ކެމްޕަސް - ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ އެލް.އެލް.ބީ. އިން ޝަރިޢާ އެންޑް ލޯ ކޯހުގެ 4 ވަނަ އަހަރުގެ ދަރިވަރުންނަށް ހިންގާ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހާ ގުޅޭ މަޢުލޫމާތު ދީފިއެވެ.

އެޓަރނީ ޖެނަރަލް އޮފީހުގެ މެންޑޭޓާއި ލީގަލް ޑިވިޜަންތަކާ ގުޅޭގޮތުން އެމްއެންޔޫގެ ދަރިވަރުންނަށް ސެޝަން، ނަންގަވައި ދެއްވީ އެޓަރނީ ޖެނަރަލް އޮފީހުގެ ސީނިއަރ ސްޓޭޓް އެޓަރނީ ޢަނާން އަޙްމަދު ރަޝީދުއެވެ. ގޫގުލް މީޓް މެދުވެރިކޮށް އޮންލައިކޮށް އެ ސެޝަން ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭޖީ އޮފީހުން ބުނީ އެމްއެންޔޫގައި ޤާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންނަށް އެ އޮފީހުން ސެޝަނެއް ނަގައި ދީފައިވާއިރު، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނުނުވު ފުރަތަމަ އިޞްލާޙާ ގުޅިގެން އެކުލަވައިލެވޭ ޚާއްސަ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަށް ވެސް އެ އޮފީހުން ޚާއްސަ ސެޝަންތަކެއް ނަގައިދީފައިވާ ކަމަށެވެ.