ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބެއް ގެނެސްދިން އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ބ.ދަރަވަންދޫ އަށް ތައާރަފްކޮށްފިއެވެ.
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު އެ ރަށަށް މި ޙިދުމަތް ތައާރަފުކުރުމާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި އެ ކުންފުނީގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ މުޖުތަމައުތަކުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްވެސް ހައި ސްޕީޑް ބްރޯޑްބޭންޑްގެ ޙިދުމަތަކީ މިހާރު ކޮންމެހެން ބޭނުން ހިދުމަތެއް ކަމަށެވެ. އެގޮތުން އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދޭކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފައެވެ.
ހުސައިން އިތުރަށް ވިދާޅުވެފައިވަނީ ބ. ދަރަވަންދޫގެ ރައްޔިތުންނަށް 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑްއާއި އެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ އެ ރަށުގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައެވެ.
އުރީދޫއިން ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފައެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ ދާދި ފަހުން އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މިބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑްއާއި އެކު 68 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.