English Edition
Dhivehi Edition
އޭސީބީސީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން ޓީމް ތަށި އުފުލާލަނީ

 

މަރަދޫފޭދޫ ޔޫތު ސެންޓަރުގައި ކުޅޭ ބައެއް ކުޅުންތެރިން އިސްނަގައިގެން ޔޫތްސެންޓަރުގައި ބޭއްވި އައްޑޫ ސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕް، ޓީމް ޔުނައިޓެޑް އިން ކާމިޔަބު ކޮށްފިއެވެ. ޓީމް ޔުނައިޓެޑް މުބާރާތް ކާމިޔާބު ކުރީ ރޭ ކުޅުނު ފައިނަލް މެޗްގައި ޓީމް ޝަޓްލްސް އަތުން 13-15 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗްގައި ޖުމްލަ 7 ޓައި ކުޅެގެން ޓީމް ޔުނައިޓެޑް އިން ވަނީ 4 ޓައި ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ޓައިގެ މެންސް ސިންގަލްސް ގައި ބައްދަލު ކުރީ ޓީމް ޔުނައިޓެޑް ގެ ފަޒޫމް އާއި ޝަޓްލްސް ގެ ޒިޔާދެވެ. މި ޓައި ވަރަށް ވާދަވެރި ކަމާއެކު 2-1 އިން ކާމިޔާބު ކުރީ ފަޒޫމެވެ.

ދެވަނަ ޓައިގައި ކުޅުނީ މެންސް ޑަބަލްސް އެވެ. ޓީމް ޝަޓްލްސް ގެ ނަޝީދު އާއި އައްފާނު ބައްދަލު ކުރީ މެތިއުވް އާއި އިނާން އާއެވެ. މި ޓައި ސީދާ 2-0 އިން ކާމިޔާބު ކުރީ ނަޝީދާއި އައްފާނެވެ.

ފައިނަލް މެޗްގައި ނަޝީދާއި އައްފާން ކުޅެނީ/ފޮޓޯ އަލީ ނާސިރު

ތިންވަނަ އަންހެން ޑަބަލްސް ގައި ޓީމް ޔުނައިޓެޑް ގެ އަޖްމީ އާއީ ރައުފާ އަދި ޓީމް ޝަޓްލްސްގެ ޚަދީޖާ އާއި ސޯނިޔާ ބައްދަލު ކުރި ޓައި 2-0 އިން ކާމިޔާބުކުރީ ސޯނިޔާ އާއި ޚަދީޖާ އެވެ.

އޭސީބީސީ މުބާރާތުގެ ފައިނަލްގައި ކުޅުނު އަންހެން ޑަބަލްސް މެޗްގެ ބައިވެރިން/ފޮޓޯ އަލީނާސިރު

 

ފައިނަލް މެޗްގެ 4 ވަނަ ޓައިގައި ކުޅުނު މެންސް ޑަބަލްސްގައި ޓީމް ޔުނައިޓެޑް އިން އިނާން އަދި ޕްރަޝާންތް ބައްދަލު ކުރި ޓައި ނަޝީދު އާއި އިހުސާން ވަނީ 2-0 އިން ކާމިޔާބު ކޮށްފައެވެ. މެޗްގެ 5 ވަނަ ޓައި ގައި ކުޅުނު މިކްސް ޑަބަލްސްގައި ޓީމް ޔުނައިޓެޑްގެ އަންޝަދު އަދި އަޖްމީ އާއެކު ޝަޓްލްސްއިން ކުޅުނީ ޚަދީޖާ އާއި ޒިޔާދެވެ. ފޯރިގަދަ މި ޓައި 2-1 އިން ކާމިޔާބު ކުރީ އަންޝަދާއި އަޖްމީ އެވެ.

މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި 6 ވަނަ ޓައިގައި މެންސް ޑަބަލްސްގައި ޓީމް ޔުނައިޓެޑް އިން ފަޒީލާއި އައްފާން ނުކުތީ ޔުނައިޓެޑް ގެ މެތިއުވް އަދި ހުސެއިން އާއި ދެކޮޅަށެވެ. މި ޓައި 2-1 އިން މެތިއުވް އާއި ހުސެއިން ވަނީ ގެންގޮސްފައެވެ.

ޔުނައިޓެޑް ޓީމުގެ އަންޝަދު/ފޮޓޯ ޒަޔާން އޭއޯނިއުސް

މި ޓައި ކާމިޔާބު ކުރުމާއެކު ދެ ޓީމު 12 ޕޮއިންޓް އިން އެއްވަރުވެ ފައިނަލް ޓައި ކުޅެން ނުކުތީ ޓީމް ޝަޓްލްސް ގެ ފަޒީލް އަދި އައްފާނެވެ. ޗެމްޕިއަން ޓްރޮފީ އުފުލާލުމުގެ އަޒުމުގައި ޓީމް ޔުނައިޓެޑް އިން ޕްރަޝާންތް އާއި އަންޝަދު ނިކުމެ، 7 ވަނަ ޓައި 21-18 އަދި 21-15 އިން ފޯރިގަދަ ކުޅުމެއް ކުޅެ ކާމިޔާބު ކުރިއެވެ. މުބާރާތުގެ ފައިނަލް މެޗްގެ 4 ޓައި ކާމިޔާބު ކޮށް 15 ޕޮއިންޓް 13 ޕޮއިންޓް އިން މެޗް ކާމިޔާބު ކުރީ ޓީމް ޔުނައިޓެޑްއެވެ. މުބާރާތުގައި މޮޅުވާ ކޮންމެ ޓައި އަކުން 3 ޕޮއިންޓް ލިބެއެވެ. އަދި ބަލިވުމުން 1 ޕޮއިންޓް ލިބެއެވެ.

އޭސީބީސީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން ޓީމް/ ފޮޓޯ ޒަޔާން އޭއޯނިއުސް

މި މުބާރާތް ނިންމުގެ ރަސްމިއްޔާތުގައި އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދިޔަ ޓީމްތަކަށް ޓްރޮފީއާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމްތައް ވަނީ ދީފައެވެ. އެގޮތުން މުޅި މުބާރާތުގެ ޗެމްޕިއަން ޓީމް، ޔުނައިޓެޑަށް ޓްރޮފީ، މެޑަލް އަދި -/10000ރ ގެ ފައިސާގެ އިނާމު ހަވާލުކޮށް ދެއްވީ ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ އަމީން ޢަބްދުލް ޤައްޔޫމެވެ.

މިމުބާރާތުގެ ރަނަރަޕް ޓީމުޝަޓްލްސް އަށް ވެސް ޓްރޮފީ، މެޑަލް އަދި -/5000ރ ގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވެއެވެ.

އޭސީބީސީ ގެ ރަނަރަޕްޓީމް ޝަޓްލްސް/ފޮޓޯ ޒަޔާން އޭއޯނިއުސް

މި މުބާރާތުގެ 3 ވަނައަށް 2 ޓީމް ވަނީ ގޮސްފައެވެ. 3 އަށް ދިޔަ ޓީމް ސްމޭޝާސް އާއި އެފް.ވީ.އެމް އެސް ޓީ އޯ އަށް ވަނީ ޓްރޮފީ، މެޑަލް އަދި -/1500ރގެ ފައިސާގެ އިނާމު ދީފައެވެ.

މިމުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސްމޭޝާރސްގެ އައިކާ ޚަލީލެވެ. އަދި އެންމެ ދުވަސްވީ ކުޅުންތެރިއަކީ އަބްދުއް ރަޙީމެވެ.

ރޭ ނިމިގެން ދިޔަ އައްޑޫސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕް މުބާރާތުގެ މެއިން ސްޕޮންސަރަކީ މަލްޓި މާޓެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި އައްޑޫސުޕަމާޓް ، ވަން،އެން ހޯލްޑިންގްސް،އަސްކަނި ސްޕޯޓްސް،ތްރީއެސް،ކޯނަރ،އީހަބް،ނެނޯލެބް،އަދި ކޮންޓްރޯލް ޕީ ހިމެނެއެވެ.މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯނިއުސް އެވެ.

 

 

އޭސީބީސީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން ޓީމް ތަށި އުފުލާލަނީ

2 ކޮމެންޓް
ބޮނޑަ ފަރަންޖީ
އޮކްޓޯބަރު 13, 2020
މީ އަދި އަލަށް ބެޑްމިންޓަން މުބާރާތަކި އެންމެ ޒުވާން ކުޅުންތެރިޔާ އެންމެ ދުވަސްވީ ކުޅުންތެރިޔާ މި ހޮވީ. އަލަށް ދީ މުބާރާތަކި ޒުވާނަކާ މި ކޮޅީ
މޫސް
އޮކްޓޯބަރު 12, 2020
މިޔާކޭކޯ ލޭފެއި އިން އެއްތެއް ތެބައެގެއި.