English Edition
Dhivehi Edition

އައްޑޫ ސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އައްޑޫ ސިޓީ ބެޑްމިންޓަން ކޮމިއުނީޓީއިން އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވިއިރު ޖުމްލަ 07 ޓީމުންވަނީ މުބާރާތުގައި ބައިވެރިވެފައެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ‘ގޯ ސްމާޓްސް’ އާއި ‘ވޮންޑާސް’ އެވެ. 07 އޮކްޓޯބަރު 2020 ވަނަ ދުވަހު ހަވީރު 16:00ގައި މަރަދޫފޭދޫ ޔޫތް ސެންޓަރުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކު ތިންމެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތާއި ބެހޭ ގޮތުން އައްޑޫ ސިޓީ ބެޑްމިންޓަން ކޮމިއުނީޓީ މި މުބާރާތުގެ މަޤްޞަދަކީ ކުޅުންތެރިންގެ ރޫހު އާލާކޮށް ހިތްވަރުދިނުމާއި ކުޅުންތެރިންގެ ފެންވަރު މަތިކުރުމުގެ އިތުރުން ބެޑްމިންޓަނަށް ވީހާ ގިނަބަޔަކު ހިތްޖައްސައި މި ކުޅިވަރު ކުޅުމަށް އައު ކުޅުންތެރިން އުފެއްދައި އެކަމަށް މަގުފަހިކުރުންކަމަށެވެ. މީގެ އިތުރުން އެ ކޮމިއުނީޓީއިން ބުނީ މި ފަހަރުގެ މުބާރާތް ޢަމާޒުކުރެވިފައިވަނީ، ޚާއްޞަ ގޮތެއްގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި، އެކިއެކި ހައިސިއްޔަތުން އައްޑޫ ސިޓީ ގައި މި ވަގުތު ދިރިއުޅެމުންދާ ފަރާތްތަކަށްކަމަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ގިނަވެގެން 8 (އަށެއް) ކުޅުންތެރިން ހިމެނެންޖެހެއެވެ. އަދި މި 8 ކުޅުންތެރިންގެ ތެރޭގައި އަންހެން 2(ދޭއް) ކުޅުންތެރިން ހިމެނުމަށް މުބާރާތުގެ ގަވައިދުގައިވަނީ ޝަރުތުކޮށްފައެވެ.