English Edition
Dhivehi Edition

އައްޑޫ ސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގެ މަޤްޞަދަކީ ކުޅުންތެރިންގެ ރޫހު އާލާކޮށް ހިތްވަރުދިނުމާއި ކުޅުންތެރިންގެ ފެންވަރު މަތިކުރުމުގެ އިތުރުން ބެޑްމިންޓަނަށް ވީހާ ގިނަބަޔަކު ހިތްޖައްސައި މި ކުޅިވަރު ކުޅުމަށް އައު ކުޅުންތެރިން އުފެއްދައި އެކަމަށް މަގުފަހިކުރުންކަމަށް އައްޑޫ ސިޓީ ބެޑްމިންޓަން ކޮމިއުނީޓީ އިންވަނީ ބުނެފައެވެ

އައްޑޫ ސިޓީ ބެޑްމިންޓަން ކޮމިއުނީޓީއިން އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ރޭގަނޑު 22:00 ހަމައަށްވަނީ ހުޅުވާލާފައެވެ. 07 އޮކްޓޯބަރު 2020 ވަނަ ދުވަހު މަރަދޫފޭދޫ ޔޫތް ސެންޓަރުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ޢަމާޒުކުރެވިފައިވަނީ، ޚާއްޞަ ގޮތެއްގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި، އެކިއެކި ހައިސިއްޔަތުން އައްޑޫ ސިޓީ ގައި މި ވަގުތު ދިރިއުޅެމުންދާ ފަރާތްތަކަށެވެ.

މި މުބާރާތުގައި ކުޅޭނެ ބޯޅައާއި ކޯޓު އޮފިޝަލުންނާއި އަދިވެސް އިދާރީ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބައިވެރިވާ ކޮންމެ ޓީމަކުން ބައިވެރިވުމުގެ ފީގެ ގޮތުގައި 500.00 ރުފިޔާ ދައްކަން ޖެހޭކަމަށް މުބާރާތުގެ ގަވައިދުގައިވަނީ ބުނެފައެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ގިނަވެގެން 8 (އަށެއް) ކުޅުންތެރިން ހިމެނޭއިރު މި 8 ކުޅުންތެރިންގެ ތެރޭގައި އަންހެން 2(ދޭއް) ކުޅުންތެރިން ހިމެނުމަށްވަނީ ޝަރުތުކޮށްފައެވެ.

މުބާރާތުގެ ގަވައިދު: https://docs.google.com/document/d/1TPD49djg6AGGmXKjc4XZAK9ShGHEwzvgdKthG2Z8m1I/edit

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް: https://docs.google.com/forms/d/12ZiGiwCRc58AHUiTe09aHk3jxvPFL9leG_VDn2bIbcs/edi