English Edition
Dhivehi Edition
17 ޖެނުއަރީ 2020 ގައި ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިއެއް ރޭޕްކުރާ މީހުން ހައްޔަރުކުރުމަށް ގޮވާލާ ޕޯސްޓަރެއް ހިފައިގެން - ފޮޓޯ: ފަޔާޒް މޫސާ (ސަން)

އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް، ޖިންސީ ޢަމަލު ހިންގަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ތ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ ރަށެއްގައި ކުޑަކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ޢަމަލު ހިންގަން ހިތްވަރުދީ، ޖިންސީ ޢަމަލު ހިންގަން އުޅުނު މައްސަލައެއް ސެޕްޓެންބަރު 30 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އިއްޔެ ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ގްރޫމްކުރުމަކީ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް އެކުއްޖާއަށް ނުވަތަ އެކުއްޖާގެ ބެލެނިވެރި ފަރާތަކަށްދީ، ގާތް ގުޅުމެއް ޤާއިމްކޮށް އިތުބާރު ހޯދުމުގެ މަސައްކަތް ކުރުމެވެ.