English Edition
Dhivehi Edition

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ގައި މިއަދު ކުޅުނު ފައިނަލް މެޗުން މޮޅުވެ ހިތަދޫ އެފްސީ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއަދު ހަވީރު މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ހިތަދޫ އެފްސީ އިން ކާމިޔާބުކުރީ މަރަދޫ އެފްސީ އާއި ބައްދަލުކޮށް 0-1 ގެ ނަތީޖާ އަކުންނެވެ. ދެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ކުޅި ބަލަން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ހިތަދޫ އެފްސީ އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު މެޗުގެ ޖެހި ހަމައެކަނި ލަނޑު މެޗުގެ ތިރީސް ހަވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އައިމަން ނަޒީރުއެވެ.

މެޗުގެ ދެވަނަ ހާފްގައި މަރަދޫ އެފްސީ އިންވެސް ކުޅުން ރަގަޅުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު ހިތަދޫ އެފްސީ ގެ ކީޕަރުވަނީ ކުޅަދާނަކަމާއެކު މި ހަމާލަތައް ދިފާއުކޮށްފައެވެ. މެޗުގެ އެންމެ ފަހު މިނިޓްގައިވެސް މަރަދޫ އެފްސީ އިން ލަނޑެއް ކާމިޔާބުކުރުމަށް ނުރައްކާތެރި ހަމަލާތައް ފޮނުވާފައިވާއިރު މެޗު ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއިންނެވެ.

މިއަދުގެ ފައިނަލްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިމަން ނަޒީރެވެ.