English Edition
Dhivehi Edition
ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހު އިއްޔެ ކޯޓުން ނެރެނީ --- ސަން ފޮޓޯ: އަހުމަދު އާޒިފް

ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ޑިސެމްބަރު 28ގައި މަރުވި، ޒިިޔާދާ ނައީމްގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު ޖަލަށްލާން ހައި ކޯޓުން މިއަދު ހުުކުމްކޮށްފި އެވެ.

ޝާހުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާއާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ. މިއީ ރާއްޖޭގައި، އަނބިމީހާ ރޭޕް ކުރުމުގެކުށް ފިރިއެއްގެ މައްޗަށް ކޯޓަކުން ސާބިތުވި ފުރަތަމަ ފަހަރެވެ.

ޝާހްގެ މައްޗަށް ރޭޕްގެ ދައުވާ ސާބިތުވާކަމަށް ނިންމާ ހުކުމްކޮށްފައިވާއިރު، އޭނާގެ މައްޗަށް ދެން އުފުލާފައިވާ ތިން ދައުވާގެ މައްސަލާގައި އަދިި ހުކުމެއް ނުކުރެއެވެ.