English Edition
Dhivehi Edition
ކައުންސިލް އިންތިޚާބުގެ ސެކިއުރިޓީ އާއި ލޮޖިސްޓިކްސް މަސައްކަތާއި ގުޅިގެން ފުލުހުންނާއެކު އީސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އީސީ)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އީސީން އިއްޔެ ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ އެމްޑީޕީގެ ފަރާތުން އއ. މަތިވެރި ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލި ޢިމާދު މުޙައްމަދު، ޖަވާހިރުމާގެ / އއ. މަތިވެރި އެވެ.

މިއާއެކު ކައުންސިލް އިންތިޚާބުން ނަން ނެގި ކެންޑިޑޭޓުންގެ އަދަދު 43 އަށް އަރާފައިވާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުން ނަން ނަގާފައި ވަނީ ޖުމްލަ 21 ފަރާތެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.