English Edition
Dhivehi Edition

އައްޑޫގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ އެކެޑެމީގެ މަސައްކަތަށް އިންޑިއާގެ ކޮޗިން އިން އައި ގިނަ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑެމީގެ މަސައްކަތަށް މި މަހުގެ ތެރޭގައި 128 މީހަކު އިންޑިއާއިން ގެނެސްފައިވާއިރު އެ އެންމެންވެސް ކަރަންޓީންކޮށްފައިވަނީ އައްޑޫ ދޫގަސްގައެވެ. އެމީހުން ކަރަންޓީނަށް ފަހު ދޫކޮށްލުމަށްޓަކައި އިއްޔެ ސާމްޕަލްތައް ނަގާފައިވާއިރު. އޭގެ ތެރެއިން ގިނަ ބަޔަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިކަމާއި ގުޅިގެން އައްޑޫ ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިއަދު މެންދުރުފަހު އެގިގެންދާނެކަމަށެވެ.

އައްޑޫގައި ކޮވިޑް19 ގެ ހާލަތު ދެނެގަތުމަށް ސަވައިލެންސް ސާމްޕަލްތައް ނަގާފައިވާއިރު، އައްޑޫ އިން ސާމްޕަލް ނެގި އެންމެންވެސްވަނީ ބައްޔަށް ނެގެޓިވްވެފައެެވެ