English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ކްރިމިނަލް ކޯޓަށް އިސް ޤާޟީއަކު ހޯދަން އިޢުލާންކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މަޤާމަކީ ކްރިމިނަލް ކޯޓަށް ޢައްޔަންކުރެވިފައިވާ، އެކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ޤާޟީއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 49،300 ރުފިޔާ ކަނޑައަޅާފައިވާއިރު ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެ މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރަމުން ގެންދާ ފަރާތަކަށް ވާންޖެހޭނެއެވެ.

ޖޭއެސްސީން ބުނީ އެ މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 06 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން އެކަން ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected]) އަށް ފޮނުވުމުން ކޮމިޝަނަށް ބަލައި ގަންނާނެ ކަމަށެވެ.