English Edition
Dhivehi Edition

ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ގޮތަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ޑޯނިއާ މަތިންދާ ބޯޓެއް ހަދިޔާކޮށްފިއެވެ.

އިންޑިއާ އެމްބަސީއިން އިން ބުނީ މި ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުންކަމަށާއި އެ އެއާކްރާފްޓް ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައިކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ކުރީގެ ސަރުކާރުތަކުން ވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ގެ ސަަވައިލެންސްގެ މަސައްކަތުގައި ބޭނުންކުރުމަށް ޑޯނިއާއެއް ހޯދުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށް އިންޑިއާގެ ހައިކޮމިޝަނުންވަނީ ބުނެފައެވެ.

އިތުރަށް އިންޑިއާ ހައިކޮމިޝަނުން ބުނީ އެމްއެންޑީއެފްގެ ކޮމާންޑާއި ކޮންޓްރޯލުގެ ދަށުން ޑޯނިއާ އޮޕަރޭޓު ކުރި ނަމަވެސް އެ ބޯޓުގެ މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާ އިން ކަމަށެވެ. އަދި ކުރިންވެސް މަޝްވަރާކުރެވުނު ގޮތަށް ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލުމާއި، އިމީހުން ސަލާމަތް ކުރުމާއި މީހުން އުފުލުމަށްކަމަށް ހައިކޮމިޝަނުންވަނީ ބުނެފައެވެ.

ރާއްޖެ އަށް ޑޯނިއާގެ މަތިންދާބޯޓެއް އިންޑިއާ އިން ހަދިޔާކުރާކަން ފުރަތަމަ އިއުލާންކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު 2016 ވަނަ އަހަރު ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ މި ބޯޓު އޭރު ބޭނުންކުރުމަށް ނިންމާފައިވަނީ މީހުން އުފުލަައި ސަލާމަތް ކުރުމުގެ އިތުރަށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލުމަށެވެ،