ސަރުކާރުން މިހެން ބުނެފައިވަނީ ރާއްޖޭގެ އިގްތިސޯދު ބޮއްސުންލައި އައިއެމްއެފްގެ މާލީ އެހީއަށް އެދެމުންދާ ކަމުގަ އެވެ. އަދި ރާއްޖޭގެ ބައެއް ނޫސްތަކުން ވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އައިއެމްއެފްގެ “ބޭންކްރަޕްސީ ޕްރޮގްރާމް” އަށް ރާއްޖެއިން ވަނުމަށް ނިންމާފައިވާ ކަމަށް ބުނެ ހަބަރު ފަތުރާތީއެވެ.
މިގޮތުން ސަރުކާރުން ހުށަަހެޅީ 700 މިލިއަން ޑޮލަރުގެ ޕެކޭޖަކަށް އެދިފައިވާކަމަށާއި, އޭގެތެރެއިން 400 މިލިއަން ޑޮލަރު އެޑްވާންސްކޮށް ދިނުމަށް ސަރުކާރުން އެދިފައިވާ ކަމަށް ފަތުރަނީ ދޮގެއްކަމަށް ދިވެހި ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.
ރާއްޖެއަށް އިގްތިސާދީ ކާރިސާއެއް ދިމާވެދާނެކަމަށާއި, ސަރުކާރަށް އެހީވާން އައިއެމްއެފް އިން ބޭނުންނުވާކަމަށް ވެސް ބައެއް ރިޕޯޓުތައް ފަތުރާފައިވެއެވެ.
“އައިއެމްއެފްގެ އެ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިވާން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް. އެއީ ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގު ވައްޓާލާ، އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތެއް,” -ދިވެހި ސަރުކާރު-
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު މުނައްވަރު އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ވެސް އިންޑިއާގެ ނޫހަކުން ވަނީ ރިޕޯޓު ކޮށްފައިވާ ހަބަރަކީ ދޮގެއްކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ގައުމު އޮތީ އިގްތިސޯދީ އަނދަވަޅެއްގެ ތެރޭގައި ކަމަށް ސަރުކާރުން ބުނެއެވެ.
އަނދަވަޅުން އަރައިގަނެ، އަވަސް މުސްތަގުބަލެއްގައި ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.
އިންޑިއާގެ ނޫސްތަކުން ދޮގު ހަބަރު ފަތުރާކަމަށް ސަރުކާރުން މިއަދު ބުނެފައިވާއިރު, ދިވެހި ސަރުކާރު ބަނގުރޫޓުވާކަމަށާއި, ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރު އިސްތިއުފާ ދެއްވާކަަމަށް ބުނެ އެންމެ ފުރަތަމަ ސޯސަލްމީޑިއާގައި ހަބަރު ފަތުރާފައިވަނީ ދިވެހިންގެ ބައެކެވެ.