English Edition
Dhivehi Edition
ރަންދީރު ޖައިސްވާލް

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް އިންޑިއާއިން މަރުހަބާ ކިޔާކަމަށް އިންޑިއާއިން ބުނެފިއެވެ.

އެ އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ބޮޑު ކާމިޔާބީގެ ސަބަބުން ދެ ގައުމުގެ ގުޅުމުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ ޒަމާންވީ ރަހުމަތްތެރިކަމެއް ކަމަށްއެވެ.

ތަރައްގީގެ މަޝްރޫއުތަކުގައި ދެ ގައުމުގެ މެދުގައި ވަނީ އެއްބަސްވުންތަކަކަށް އާދެވިފައިވާކަމަށާއި, މަޖިލީހުގެ ތެރެއިންވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވޭނެ ކަމަށް ވެސް ރަންދީރު ޖައިސްވާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ޕާޓީން މަޖިލިސް އިންތިހާބުގައި ހޯދި ބޮޑު ކާމިޔާބީއަށް މަރުހަބާ ދަންނަވާކަމަށާއި, އެ ކާމިޔާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.