English Edition
Dhivehi Edition

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކޮށް ހިތަދޫ އެފްސީ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ

އިއްޔެ މީދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ހިތަދޫ ޓީމުން ކާމިޔާބުކުރީ ހިތަދޫ އެފްސީ ޖޫނިއާސް އާއި ބައްދަލުކޮށް 1-5 ގެ ނަތީޖާއިންނެވެ. އިއްޔެގެ މެޗުގައި ހިތަދޫ އެފްސީ އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ތޭރަވަނަ މިނިޓްގައި ރަފާހް އިބްރާހީމް ކާމިޔާބުކޮށްދިންއިރު އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަބާހް މަސްރޫރްއެވެ. ހިތަދޫ އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެ ޓީމްގެ ތިންވަނަ ލަނޑު ހަޒިމް ފައުޒީ ކާމިޔާބުކޮށްދިން އިރު މެޗުގެ ތިރީސްދެވަނަ މިނިޓްގައި އިބްރާހީމް އަލަމް ނަސީމްވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ހިތަދޫ އެފްސީގެ ފަސްވަނަ ލަނޑު ހަސަން ޖައިޝަމް ކާމިޔާބުކޮށްދިން އިރު މި މެޗު ހިތަދޫ އެފްސީ ޖޫނިއާސް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ވިއާމްއެވެ

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ އެފްސީގެ ސަބާހްއެވެ.

މިއަދު މި މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗުގައި މަރަދޫ އެފްސީ އާއި ފޭދޫ ފާހި ސްޕޯޓްސް ކްލަބް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ފައިނަލުގައި ހިތަދޫ އެފްސީ ބައްދަލުކުރާނީ މިއަދުގެ މެޗުން މޮޅުވާ ޓީމަކާއެވެ.