English Edition
Dhivehi Edition

އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ގައި އިއްޔެ ހިތަދޫ އެފްސީ އާއި ފޭދޫ ފާހި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މި މެޗުގައި ދެ ޓީމުންވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ކުޅެފައިވާއިރު އިއްޔެގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިންނެވެ. އިއްޔެ މެޗުގެ ފުރަތަމަ ލަނޑު ހިތަދޫ އެފްސީ އިން ޖަހާފައިވާއިރު އެ ޓީމްގެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ އަށާރަވަނަ މިނިޓްގައި ހަޒިމް ފައުޒީއެވެ. ދެ ޓީމުންވެސް މެޗު ކާމިޔާބުކުރުމަށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު ފާހި އެފްސީ އިން ޖެހި ލަނޑު ފަހު ހާފްގައި ކާމިޔާބުކޮށްދިނީ ސަޔަމް ސައީދުއެވެ. ސަޔަމްގެ ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު ދެ ޓީމުންވެސް ވަނީ ލީޑްނެގުމަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާފައެވެ. އެހެންނަމަވެސް މެޗު ނިމިގެން ދިޔައި ދެ ޓީމަށްވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަޒިމް ފައުޒީއެވެ.

No description available.