އައްޑޫ އިން މިހާތަނަށް 200 އަށްވުރެ ގިނަ މީހުންގެ ސަވައިލެންސް ސާމްޕަލްތައް ނަގާފައިވާކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މެނޭޖާރ ޝަރަފުއް ސާދާތު ވިދާޅުވެއްޖެއެވެ.
‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެއްވަމުން ސާދަތު ވިދާޅުވީ 200 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލްތައް ނެގިފައިވާއިރު މިހާތަނަށް ނަތީޖާ ލިބުނު އެއްވެސް ފަރާތެއް ބައްޔަށް ޕޮޒިޓިވްވެފައި ނުވާކަށެވެ. ” މި މަހުގެ 26 ވަނަ ދުވަހު ނެގި ނާމްޕަލްތަކުގެ ނަތީޖާ ލިބިއްޖެ. އަދި އެއްވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައެއް ނުވޭ” ސާތު ވިދާޅުވިއެވެ. އިތުރަށް ސާތު ވިދާޅުވީ އަދި މި މަހުގެ 27 ވަނަ ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބިފައި ނުވާކަމަށާއި، އައްޑޫގެ މިހާރުގެ ހާލަތު ބަޔާން ކުރަން އެގޭނީ އޭގެ ނަތީޖާވެސް ލިބުމުން ކަމަށެވެ.
މީގެ އިތުރުން ސާތު ވިދާޅުވީ އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންނަމަވެސް އެކި ދުވަސްމަތިން އައްޑޫގައި ސަވައިލެންސް ސާމްޕަލްތައް ނަގާނެކަމަށެވެ. “އަކި ދުވަސްމަތިން ސާމްޕަލްތައް ނަގާނެ. ސާމްޕަލްތައް ނެގުމުގައި އިސްކަން މިދެނީ ގިނަ މީހުންނާއި ކޮންޓެކްޓްވާ މީހުންނަށް” ސާތު ވިދާޅުވިއެވެ.
ސަވައިލެންސް ސާމްޕަލްއަކީ ކޭސްތައް އުޅޭނެހެން ހީވާ ވަކި ސަރަހައްދުތަކަށް ގޮސް އެތަންތަނުގައި ތިބޭ މީހުންގެ ސާމްޕަލްތައް ނެގުމެވެ.